ތ. ހިރިލަންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބަންޑު ވޯލް ހެދުމުގެ މަސައްކަތް ހަލުއިކަމާއެކު ކުރިއަދާ ކަމަށް އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ އެމަސައްކަތުގެ 43 ޕަސެންޓް މިހާތަނަށް ނިމިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަަށުން ކުރާ ބައެއް މަސައްކަތް:

  • 25 ހެކްޓަރުގެ ބިން ހިއްކުން
  • ބަނދަރު ފުންކުރުން
  • 1080 މީޓަރުގެ ސަރަޙައްދެއްގައި ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުން
  • 80 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން

މިއީ 105.19 މިލިއަން ރުފިޔާ ޚަރަދު ކޮށްގެން ކުރިއަސް ގެންދާ މަޝްރޫއެކެވެ. ސަރުކާރުން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިފަދަ އެތައް މަޝްރޫއެއް ހިންގަމުންނެވެ.