ނ. މަަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫޢުގެ މަސައްކަތް ވަރަށް ފޯރީގައި ކުރިއަށް އެބަދެއެވެ. އެ މަސައްކަތް ކުރަމުންގެންދާ އެމްޓީސީސީން ބުނެފައިވަނީ އެމަސައްކަތުގެ 46 ޕަސެންޓް މިހާރުވަނީ ނިމިފައި ކަމަށެވެ.

ހާރު ކުރިއަށްދަނީ މަނަދޫ ޖެޓީ ހެދުމުގެ މަސައްކަތް ކަމަށް ވެސް އެކުންފުނީން ވަނީ ބުނެފައެވެ. .

މިއީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫޢުގެ ދަށުން، 29,038 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 188 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމާއި، ރޭމްޕެއް ހެދުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.