މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ފާސްކޮށްފައިވާ ގޮތާ ޚިލާފަށް އައްޑޫގައި ހުކުރު ޚުތުބާކީ މައްސަލައެއްގައި ޚަތީބަކު ސަސްޕެންޑު ކޮށްފިއެވެ.
މިކަމާ ގުޅިގެން ރައީސް އޮފީހުން ވިދާޅުވެފައިވަނީ މިނިސްޓްރީ އިން ފާސްކޮށްފައިވާ ގޮތާ ޚިލާފަށް ހުކުރު ޚުތުބާ ކިއުމަކީ މަނާކަމެއް ކަމަށެވެ. އެހެން ކަމުން އެ އެމައްސަލަ ބަލާ ނިމެންދެން އެ ޚަޠީބަށް ހުކުރު ކުރަން ނުޖައްސަން އައްޑޫގައި އޮންނަ ޚުޠުބާ ކޮމިޓީއިން ނިންމާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ވިދާޅުވެފައިވެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ޚުތުބާއަށް ގެނައި އުނިއިތުރަކީ އައްޑޫ ބަހުރުވައިން ހުކުރު ޚުޠުބާ ކިޔުމެވެ. އެކަން ކޮށްފައިވަނީ އައްޑޫ ސިޓީ މީދޫގެ މުދިމަކު ކަމަށްވާ މުޙައްމަދު ރަޝީީދު ކަމަށް އޮންލައިން ބައެއް ނޫސްތަކުން ވަނީ ބުނެފައެވެ.
އެ މައްސަލަ ބަަލައި ނިމެންދެން އެމީހާ ވަނީ ސަސްޕެންޑުގައެވެ. އެމީހާ ޚުތުބާ ކިޔާފައިވަނީ ފާއިތުވި ހުކުރު ދުވަހުއެވެ. އޭނާ ޚުތުބާ ކިޔާފައިވަނީ މީދޫ މަސްޖިދުލް މަޖުދުއްދީނުގައި ކަމަށް ވެސް އެނގިފައިވެއެވެ.
ޚަތީބާ ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވަނީ އައްޑޫ ބަހުރުވައަށް ބަދަލުކޮށްގެން ޚުތުބާކިީ ރަސްމީ ބަހުރުވައިން ޚުތުބާކީމައި ފަހުމް ނުވާކަމަށް ހުކުރަށްދާ ބައެއް ބިދޭސީން ބުނަމުދާތީ ކަމަށެވެ.