ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ޗީފް ފައިނޭންޝަލް އޮފިސަރގެ މަގާމަށް އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ، ޕްރޮކިއުމަންޓްގެ މަގާމުގައި ހުންނެވި މުހައްމަދު ނިޒާމް ހަމަޖައްސަވައިފިއެވެ.

ނިޒާމްއެ މަގާމަށް އައްޔަން ކުރެއްވީ އެ މަގާމުގައި ހުންނެވި މުހައްމަދު މިހާދު ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު މަގާމުން ވަކިވެވަޑައިގަންނަވާތީ އެވެ.

ނިޒާމް އަކީ ފައިނޭންސް އެންޑް އެކައުންޓިންގ ދާއިރާއިން މާސްޓަރސް ހާސިލްކުރައްވައި އެ ކުންފުނީގައި ދިހަ އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ.

ކުރިން އެމަޤާމުގައި ހުންނެވި މިހާދު މަގާމުން ވަކިވެ ވަޑައިގަންނަވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކޮންސަލްޓަންސީ ފާރމް ކަމަށްވާ ކޭޕީއެމްޖީގެ ޕާޓްނަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުމަށެވެ.

މިއީ އިންޓަރނޭޝަނަލް ކޮންސަލްޓަންސީ ފާރމެއްގެ ޕާޓްނަރެއްގެ ގޮތުގައި ދިވެއްސަކު މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ.