އުނގޫފާރު އިންޖީނުގޭގެ ނެޓްވޯކް އަޕްގްރޭޑު ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނޭ ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސައީދު މުހައްމަދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ 24 އަހަރު ވަންދެން އުނގޫފާރު ރައްޔިތުން ހިންގައުމުން އައި އިންޖިނުގެއާ ފެނަކައިން ހަވާލުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ސައީދު ވިދާޅުވީ އެރަށު އިންޖީނުގެ ފެނަކައާ ހަވާލުކުރުމުން ދެމެހެއްޓެނިވި ނިޒާމެއްގެ ދަށުން ކަރަންޓު ޔަގީން ކުރެވިގެން ދާނެ ކަމަށެވެ.

"މިއީ ފެނަކައިގެ އިޚްތިސާސް ތެރޭގައި ހިމެނޭ ރަށްތަކުގެ ތެރެއިން، ރައްޔިތުން ޔުޓިލިޓީ ޚިދުމަތް ދެމުން އައި އެންމެ ފަހު ރަށުގެ ޚިދުމަތް ފެނަކައާ ޙަވާލުކުރެވިގެން ދިއުން ފާހަގަކުރެވޭ ތާރީޚީ ދުވަސް،" ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.