ސިވިލް ސާރަވިސްގެ މުވައްޒަަފުންގެ މުސާރަ ބޮޑު ކުރުމަށް ސަރުކާރުން ދަނީ ދިރާސާތައް ކުރަމުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕަރސަން ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

ހީނާ މިހެން ވިދާޅުވީ އިއްޔެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ސިވިލް ސާރަވަންޓްގެ މުސާރަ ބޮޑު ކުރުމާ ގުޅޭގޮތުން ހީނާ އިތުރަށް ވިދާޅުވީ ސަރުކާރުން އަންނަނީ މިކަމާގުޅިގެން ކަމާ ބެހޭ ފަރާތްތަކާ އެކީ ވަހާކަދައްކައި މަޝްވަރާ ކުރަމުން ކަމަށެވެ.

މީގެއިތުރުން މި ކަމާގުޅިގެން ވަކި ތާރީހެއް ދަންނަވަން ދަތި ކަމަށާއި، އެހެން ނަމަވެސް މި މަޝްވަރާތަކާއި، ދިރާސާތަކާ އެކު ސިވިލްސާރވިސްގެ މުވައްޒަފުންނަށް މި ސަރުކާރުން މުސާރައިގެ ކުރިއެރުން ތަކާއެކު ރަނގަޅު ގޮތްތަކެއް ފަހިގޮތްތައް ހައްދަވައި ދެއްވާނެ ކަމުގެޔަގީކަން ހިނާ ދެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިޔާގެ ސިޔާތަކީ ހުރިހާ ފަރާތްތަކަށް ވެސް ލިބެންޖެހޭ ހައްގުތައް އެންމެ ފުރިހަމަގޮތުގައި އެފާރާތަށް ކަށަވަރުކޮށް ކަމަށްވެސް އެ ސުވާލަށް ޖަވާބު ދެއްވަމުން ހީނާ ވިދާޅުވިއެވެ.

''