ހއ. ހޯރަފުށީ އެއަރޕޯޓް ޖެޓީ ހެދުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. އެ މަސައްކަތްކުރާ އެމްޓީސީސީން ބުނީ މަސައްކަތް ފަށައިފައިވަނީ ސެޕްޓެމްބަރ ހަތްވަނަ ދުވަހު ކަމަށެވެ.

ސަަރުކާރުން 5.99 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މި މަޝްރޫޢުގެ ދަށުން، 18،000 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރާނެއެވެ. އޭގެ އިތުރުން ޕްރީކާސްޓް އެލް ބްލޮކްސް ބޭނުންކޮށްގެން ޖެޓީ ހެދުމާއި، ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ސަރުކާރުން ގެންދަވަނީ އެމްޓީސީސީ މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިފަދަ އެތައް މަޝްރޫއެއް ހިންގަމުންނެވެ.