ރ. އަތޮޅުގައި އޮންނަ ޖޯލި މާލްޑިވްސް ރިސޯޓުން އެ އަތޮޅު އުނގޫފާރު ސުކޫލުގައި ރީޑީން ޕާކަކާއި ސެން ކުލާހެއް ހުޅުވައި ދީފިއެވެ.

ސްކޫލުގެ ކިޔަވައިދިނުން ހަރުދަނާ ކުރުމަށްޓަކައި ފުރިހަމަ، ރަނގަޅު ވަޞީލަތްތައް ފޯރުކޮށްދިނުމަށް ޖޯލި މޯލްޑިވްސްގެ ފަރާތުން އުނގޫފާރު ސްކޫލްގައި މި ހުޅުވި ޕާކާއި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ހުޅުވި ސެންކްލާސް ހެދުމަށް 20،000 އެމެރިކާ ޑޮލަރު ހަދިޔާކުރި ކަމަށް، ޖޯލި މޯލްޑިވްސްގެ ފޭސްބެކް ޕޭޖުގައި ހާމަކޮށްފައި ވެއެވެ.

އުނގޫފާރު ސްކޫލުގައި ހުޅުވި މި ޕާކަކީ ރާއްޖޭގައި މިހާތަނަށް ހުޅުވި އެންމެ ބޮޑު އެއް ރީޑިން ޕާކެވެ. މިތަނުގައި ފޮތްކިޔަން ތިބުމަށް ގޮނޑިތައް ތައްޔާރުކޮށްފައިވަނީ ހިތްފަސޭހަ މައިޒާނެއް ގޮތަށެވެ.

ސިކުނޑި ތާޒާވެ، ސާފުވައި ލިބި، ގަސްތަކުގެ ފެހިކަމުން ކުދިންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދޭނެ ގޮތަށް ތައްޔާރުކޮށްފައިވާ މި ޕާކުގެ ވިނަގަނޑުވެސް ވަރަށް ރީއްޗެވެ. އަދި ކުދިން، މޭޒުކައިރީ އިށީނދެ ތިބެ ވިސްނުން ތޫނުވާހަކަލަ ކުޅިވަރުތައް ކުޅުމަށް "ބްރެއިން ޖިމް" އެއްވެސް މި ޕާކުގައި ހަދާފައި ވެއެވެ.

އުނގޫފާރު ސްކޫލް ރީޑިން ޕާކް ގެ"ބްރެއިން ޖިމް"، ފޮޓޯ : ޖޯލި މާލްޑިވްސްއެފްބީ ޕޭޖް

ޖޯލި މޯޑްވްސްއިން އުނގޫފާރު ސްކޫލުގައި އަޅައިދިން ސެން ކްލާ ހަކީވެސް ނުކުޅެދުންތެރިކަންހުންނަ ކުދިންނަށް ކިޔެވުމަށް މަގުފަހިވާނެ ވަޞީލަތްތައް ގާއިމު ކޮށްފައިވާ ކްލާހެކެވެ.