ރާއްޖޭގެ ކުންފުޏެއްކަމަށްވާ ސިމްޑީ ގުރޫޕާއި ޔޫއޭއީގެ އިންވެސްޓްމެންޓު ކުންފުންޏެއްކަމަށްވާ "އަރަބިސްކުއެޓްސް" ގުޅިގެން ދުނިޔޭގެ ފުރަތަމަ، ލަގްޒަރީ ލެޝާ އެއާ ލައިނެއް ފެށުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

ލެޝާ އެއާލައިނަކީ ޗުއްޓިއަށް ނުވަތަ އާއިލާއާއި ރައްޓެހީންނާ ބައްދަލުކުރުމަށް ދަތުރުކުރާ މީހުންނަށް ޚައްޝަކޮށް، ޚިދުމަތްފޯރުކޮށްދޭ އެއާލައިން ތަކެވެ.

ސިމްޑީއާއި އަރަބިސްކުއެޓުން ނެރުނު ބަޔާނެއްގައި ވަނީ މި އެއާލައިނުގެ ސަބަބުން ޕްރައިވެޓް ޖެޓްތަކުގައި ދަތުރުކުރުމާއި، ދުރު ރާސްތާ މަންޒިލުތަކަށް ފްލައިޓްގައި ދަތުރުކުރުމު ފުރުޞަތު ލިބިގެންދާނެ ކަމަށެވެ.

އެ އެއްބަސްވުމާއި ގުޅިގެން ޓްރެވަލަޓްރޭޑް މޯލްޑިވްސް އިން މިއަދު، ބުނީ ޓޫރިޒަމް އަށް 50 އަހަރު ފުރުން ފާހަގަކުރާ މުނާސަބަތާ ދިމާކޮށް އަގުހެޔޮ ފެންވަރު ރަނގަޅު ޚިދުމަތް ދިނުމަކީ މަގުޞަދެއް ކަމުގައެވެ.

ދުނިޔޭގެ ފުރަތަމަ ލަގްޒަރީ ލެޝާ އެއާލައިން ފެށުމަށް ރާއްޖޭގައި ސޮއި ކުރެވުމީ ލިބުނު ފަޚުރެއް ކަމުގައި އެއާލައިްންގެ ސީއީ އޯ ޓާސްކު ސިލާ ވިދާޅުވިއެވެ. އަދި ކަމާބެހޭ ފަރާތްކަކާއި ގުޅިގެން އެއާލައިން އިން ގިނަ މަންޒިލުތަކަށް ދަތުރުކުރުމަށް މަސައްކަތް ކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސިމްޑީ ގްރޯޕުގެ މެނޭޖިންޑިރެކްޓަރު މިޝާލް އިބްރާހިމް މުޙައްމަދު ދީދީ ވިދާޅުވީ އެ އާލައިންފަށައި ޚިދުމަތް އިތުރަށް ފުޅާކޮށް، 60 މަންޒިލަކަށް ދަތުތުކުރުމަށް ވިސްނަމުން ދާކަމަށެވެ.

އަލަށް މިފަށާ ލަގްޒަރީ އެއާލައިންގެ ނަމާއި ދަތުރުރުކުރާނެ މަންޒިލްތައް ފަދަ މުހިންމު މައުލޫމާތުތައް ހާމަކުރާނެ ކަމަށް ބަޔާނުގައި ވެއެވެ.