ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ގެ ފެރީ ޚިދުމަތަށް އިތުރު 65 ފެރީ ބަނުމުގެ އެއްބަސްވުމެއްގައި އަންނަ ހަފްތާގައި ސޮއި ކުރެވޭތޯ މަސައްކަތް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މިއީ ރާއްޖޭގެ އިތުރު ޒޯންތަކުގައި ފެރީގެ ޚިދުމަތް ފެށުމަށް ބަންނަ ފެރީތަކެއް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވިއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް މިއަހަރު ޖޫންމަހު ފެށުމަށްފަހު މިހާރު އެމްޓީސީސީންދަނީ ޚިދުމަތް ފުޅާ ކުރުމަށް މަސައްކަތްކުރަމުންނެވެ. އެ ޚިދުމަތް ފުރަތަމަ ފެށ ޒޯން 1 ގެ ހދ.އަތޮޅުގައެވެ. މިހާރު ވަނީ ޒޯން 1ގައި ހިމެނޭ ހއ. އަދި ށ.އަތޮޅަށްވެސް ޚިދުމަތް ތައާރަފް ކޮށްފައެވެ. ޒޯން 1ގެ ޚިދުމަތުގައި އާރްޓީއެލް 17 ފެރީ ބޭނުން ކުރެއެވެ. އެއީ ގަލްފް ކްރާފްޓާ ހަވާލުކޮށްގެން ބަނދެފައިވާ ފެރީތަކެކެވެ.