ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ސަރުކާރުން ހިންގާ 44.9 މިލިއަން ރުފިޔާގެ މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށް ދަނީ ބޭރުތޮށި ލުމުގެ މަސައްކަތް ކަމަށް އެސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ.

އެކުންފުނީން ބުނެފައިވަނީ އެ މަސައްކަތަށް ބޭނުންވާ ހިލައިގެ ދެވަނަ ޝިޕްމަންޓްވެސް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ.

  • މި މަޝްރޫޢުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި،
  • 361 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި،
  • 822 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ.