އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓަށް ސަރުކާރުން ހުށައެޅި 34.92 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފިއެވެ.

34.92 ބިލިއަން ރުފިޔާގެ ބަޖެޓު ފާސްކުރުމަށް ނިންމީ 68 މެމްބަރުންގެ ވޯޓުންނެވެ.

ބަޖެޓް ދިރާސާކުރި ކޮމިޓީން ވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި 34.7 ބިލިއަން ރުފިޔާގެ ބަޖެޓަށް ބޮޑެތި ބަދަލުތަކެއް ބަޖެޓް ދިރާސާކުރި ކޮމިޓީން ގެނެސްފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާކޮށްފައިވާ 17.79 ބިލިއަން ރުފިޔާގެ ބަދަލުގައި ކޮމިޓީން އަންދާޒާކޮށްފައި ވަނީ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި 21 ބިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ.

ބަޖެޓް ދިރާސާ ކުރާ ކޮމިޓީން ވަނީ ސަރުކާރުން ހުށައެޅި އަދަދަށް 200 މިލިއަން އިތުރުކޮށް 34.92 ބިލިއަން ރުފިޔާއަށް ބޮޑުކޮށްފައެވެ. މިއާއެކު މިހާރު ބަޖެޓް ޑެފިސިޓް ވާނެކަމަށް ލަފާކުރެވެނީ 12.3 ބިލިއަން ރުފިޔާއިންނެވެ. ބަޖެޓް ހުށަހެޅުނުއިރު ޑެފިސިޓްވާނެކަމަށް ލަފާކޮށްފައިވަނީ 15.5 ބިލިއަން ރުފިޔާއިންނެވެ. މަޖިލީހުގެ ގިނަ މެމްބަރުން ވިދާޅުވީ 20121 ވަނަ އަހަރުގެ ބަޖެޓަކީ ޑެފިސިޓް އަދި އުންމީދީ ބަޖެޓެއް ކަމަށެވެ.