މިއުޒިކް ބިލްބޯޑްގައި މިހަފްތާގެ އެކެއް ގައި އުޅެނީ ކަރޑީ ބީގެ WAP ލަވަ އެވެ.

ދެ ވަނައިގައި އުޅެނީ ދެކުނު ކޮރެއާގެ ޑައިނަމައިޓް ލަވައާއެކު ބީޓީއެސްއެވެ.

ބިލްބޯޑަކީ އެވަގުތެއްގައި މީހުންގެ މެދުގައި އެންމެ މަޝްހޫރު މަގްބޫލު ލަވަތައް ބަލައި އެތައް ދިމާއަކުން މަޢްލޫމާތު ހޯދައިގެން ދަރަޖަ ކުރާ ލިސްޓެކެވެ.

އެޕަލްއާއި ސްޕޮޓިފައި އާއި ޔޫޓިއުބާއި ރޭޑިއޯ ސްޓޭޝަން ތަކުންނާއި ސްޓްރީމިންގ އިންވެސް ޑޭޓާ ނަގައެވެ. ނަމަވެސް ޗައިނާގެ ޓެންސެންޓާއި ރޭޑިއޯ ސްޓޭޝަންތައް އަތު ނުޖެހޭތީ އެތަންތަނުގެ ޑޭޓާ ފިޔަވައި މުޅި ދުނިޔެއިން ޑޭޓާ ނަގާފައި ވާނެއެވެ.

ކާރޑީ ބީ ވަނީ ބްލޫމްބަރގްގެ ޕޮޕްސްޓަރ ޕަވަރ ރޭންކިންގ ވެސް އެއްވަނައަށް އަރާފައެވެ.

އިހައްދުވަހު ކާރޑީ ބީ ވަނީ އޭނާގެ ފިރިމީހާ ރެޕަރ އޮފްސެޓް ގާތުން ވަރިވާން ކޯޓަށް ހުށަހަޅާފައެވެ. މި ދެމަފިރިންގެ ދެ އަހަރު ނުވާ އަންހެން ދަރިއަކު ހުރެއެވެ.