މި ސަރުކާރުގެ ހޯމް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ދެއްކެވި ވާހަކަތަކަށް ކުރީގެ ޖެންޑަރ މިނިސްޓަރ ޝިދާތާ ޝަރީފް ރައްދު ދެއްވައިިފިއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ ވިއަވަތި ކޮންފަރެންސަށް ގިނަބަޔަކު ޖަމާވެ ތިބީ މި ވެރިކަމުން، ގުރުއާނުގައި ބަޔާން ކޮށްފައިވާ ރިވެތި އުސޫލުތަކާއި އެ ސިފަތައް އެންމެ ރީތި ގޮތުގައި ފެންނަމުން ދާތީ ކަމަށެވެ. އިމްރާން މިހެން ވިދާޅުވުމުން ޝިދާތާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ދައުލަތް ހިންގުމުގެ ކޮންމެ ދިމާއަކަށް ބަލާލިޔަސް ކޮރަޕްޝަނާއި ފަސާދަ އަދި ބަދުއަޚުލާޤީ އެތައް ކަމެއް އިހުމާލުން ނުބެލި. މިވަރު ސަރުކާރަކާއި ކީރިތި ރަސޫލާ ﷺ އާއި އަޅާ ކިޔުން ބަލައެއް ނުގަނެވޭ،" ކަމަށެވެ.