މޯލްޑިވިސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޗެއާރމަންގެ މަގާމުން މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) އިސްތިއުފާ ދެއްވައިފިއެވެ.

ޒަކީގެ އިސްތިއުފާގެ ސިޓީ ލިބިފައިވާކަން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

ޒަކީ އިސްތިއުފާ ދެއްވާފައިވަނީ ދާދި ފަހުން އެމްޕީއެލްގެ މުވައްޒަފުންތަކެއް ހިންގާފައިވާ 8 މިލިއަން ރުފިޔާގެ ކޮރަޕްޝަންގެ މައްސަލައެއް ކުންފުންޏާާއި ރައްޔިތުންގެ ސަމާލުކަމަށް ގެނެސްފައެވެ.

އޭނާ ވިދާޅުވެފައިވާ ގޮތުގައި އެމްޕީއެލް އިން ތެލުން ވަނީ އަށް މިލިއަން ރުފިޔާގެ ވައްކަމެއް ކޮށްފަ އެވެ. އަދި ޗެއާމަން ވަނީ އޭނާ ވަނީ މި ވައްކަމަށް ޝާމިލްވި ފަރާތްތައް ސަސްޕެންޑް ކުރަން ބޯޑު މެމްބަރުންގެ އަގުލަބިއްޔަތު ލިބިފައި ނުވާ ކަމަށް ވިދާޅުވެފަ އެވެ.

އޭނާ މިކަން ހާމަކޮށް ނިމިދިޔަ ހަފްތާގެ ބުދަ ދުވަހު ކުރެއްވި ޓުވީޓުގައި ވަނީ، ހިޔާނާތުގައި ޝާމިލްވި ފަރާތްތައް ސަސްޕެންޑް ނުކުރެވުނު ކަމަށާއި އެކަމަށް ރައްޔިތުންގެ ކިބައިން ނިހާޔަތަށް މާފަށް އެދޭކަމަށެވެ.