ގދ. ތިނަދޫ، ޑރ.ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދިޔަ ހާލުބޮޑު ފިރިހެނަކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ އެހީތެރިކަމާއެކު މާލެއަށް ގެނެސްދީފިއެވެ. އެމީހާ ގެންސްދީފައިވަނީ އެމްއެންޑީއެފް ޑޯނިއަރ މަތިންދާ ބޯޓުގައި މިއަދުއެވެ.

އުމުރުން 46 އަހަރުގެ މި މީހާ މާލެ ގެނެސްދީފައިވަނީ ޞިއްޙީ އިތުރު ފަރުވާ އެމީހާއަށް ބޭނުންވާ ކަމަށް އެ މީހާ ބެއްލެވި ޑޮކްޓަރުން ލަފާދެއްވުމާ ގުޅިގެންނެވެ.

އެމްއެންޑީއެފް ޑޯނިއަރ ފުލައިޓުގައި ބަލި މީހާ މާލެ ގެނެސްފައިވަނީ މިއަދު 18:28 އެހައިކަންހާއިރުއެވެ.