ރާއްޖޭގެ އެތެރޭގެ ބައެއް މަންޒިލތަކަށް އުދުހެމުންދާ މަންތާ އެއާލައިން އިން ސިރީލަންކާއާއި އިންޑިއާއަށް ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ.

މަންތާ އެއާލައިންގެ ސީއީއޯ މުޙައްމަދު ޙަލީމް ވިދާޅުވީ، މަންތާ އެއާ، އިތުރަށް ފުޅާކޮށް ދަތުރުކުރާ މަންޒިލްތައް އިތުރުކުރުމުގެ ވިސްނުން އެކުންފުނިން ގެންގުޅޭ ކަމަށެވެ.

އެގޮތުން ވަރަށް އަވަހަށް ސިރީލަންކާގެ ބަންޑާރަނަޔަކަ އިންޓަރނޭޝަނަލް އެއާޕޯރޓާއި، އިންޑިއާގެ ޓްރިވެންޑްރަމް، ބެންގަލޫރު އަދި ކޮޗިނަށް ދަތުރުތައް ފެށުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.

މަންތާ އެއާލައިންގެ ދަތުރުތައް ރަސްމީކޮށްފަށައިފައިވަނީ 1019 ވަނަ އަހަރުގެ ފެބުއަރީމަހުގެ 24 ވަނަދުވަހުއެވެ.

މަންތާ އެއާލައިންސް ބުނީ އެކުންފުނީގެ ބައިނަލްއަޤުވާމީ ދަތުރަށް 2023 ވަނަ އަހަރު ފެށުމަށްޓަކައި ވާން ވީ ތައްޔާރީތައް މިހާރު ވަމުން ދާކަމަށެވެ.