ސަރުކާރުން މ. މުލީގައި އަޅަމުންދާ އެއާޕޯޓުގެ މަސައްކަތާބެހޭޭ އެންމެފަހުގެ މައުލޫމާތު އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން މިއަދު ދީފިއެވެ.

އެ ކުންފުނީން ބުނެފައިވަނީ އެއަރޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، ފަޔަރ ބިލްޑިންގ ޕްލާސްޓަރ އެޅުމުގެ މަސައްކަތުގެ 68 އިންސައްތަ މިހާރު ވަނީ ނިމިފައި ކަމަށެވެ. މީގެ އިތުރުން، ރަންވޭ ހިއްކުމުގެ މަސައްކަތުގެ 42 އިންސައްތަ ނިމިފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން:

  • 14 ހެކްޓަރުގެ ބިންހިއްކުން
  • 1،812 މީޓަރުގެ ސަރަޙައްދެއްގައި ގޮނޑުދޮށް ހިމާޔަތް ކުރުން
  • 1،200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއެއް ޤާއިމުކުރުން
  • ޓެކްސީވޭއަކާއި އޭޕްރަންއެއް ޤާއިމުކުރުން ހިމެެނެއެވެ.

މި މަޝްރޫޢަކީ 221.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.