މާލޭގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަން ނެެތި ދިރިއުޅެމުންދާ މިހުން ވަގުތީ ހިޔާތަކަށް ގެންދަން ފަށައިފި އެވެ.
ޖެންޑާ މިނިސްޓްރީން މި މަސައްކަތް ފަށާފައިވަނީ މާލޭ މާރުކޭޓު ސަރަހައްދުގައި އަދި މިސްކިތް ތަކުގައި ނިދާ މީހުނަށް ސަރުކާރުގެ އަޅާލުން ނުލިބޭ ވާހަކަ ފެންމަތިވެފައި ވަނިކޮށެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ބުނީ، މާލެ ސިޓީގެ އެކި ސަރަހައްދުތަކުގައި ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކަށް ބޭނުންވާ އަސާސީ ޙައްގުތައް ކަށަވަރުކޮށް ރައްކާތެރިކަން ދިނުމަށް ކަމާ ގުޅުންހުރި އިދާރާތަކާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މަގުމަތިވެފައިވާ ފަރާތްތަކުގެ ތެރެއިން މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ ފަރާތްތައް ބަދަލުކުރަމުން އަންނަނީ ފަރުކޮޅު ފެސިލިޓީއަށެވެ.
އެ މިނިސްޓްރީން ވަނީ ބޯހިޔާވަހިކަމެއްނެތި ދިރިއުޅެމުންދާ ފަރާތްތަކާ ގުޅޭ މައްސަލަތައް ރިޕޯޓް ކުރުމަށް މިނިސްޓްރީގެ ހޮޓްލައިން ނަންބަރު 1421 އަށް ގުޅުމަށްވެސް އެދިފަ އެވެ.
މިހާރު މާލޭގައި ދިރިއުޅޭ މީހުންގެ ތެރެއިން %15 އާޢިލާއަކީ ފަގީރުންގެ މިންގަނޑަށް ފެތޭ އާއިލާތައްކަމަށް ހައުސިންގް މިނިސްޓަރ އަސްލަމް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.