އިންސާނުންނަށް ގެއްލުންދޭ ޔޫވީ ދޯދިއާއިން އިންސާނުންނާ ދެމެދު އޮތް ހުރަހަކީ އޯޒޯން ފަށަލައެވެ.
އދ.އިން ބުނާ ގޮތުގައި އޯޒޯން ފަށަލައިގެ ބޯމިން ގާތްގަނޑަކަށް 3 އެމްއެމް [0.118 އިންޗި އަށް ގެނެވިއްޖެނަމަ އެއީ ކާމިޔާބީއެކެވެ. އޭރުން އަލްޓްރާވައިލެޓް ރޭޑިއޭޝަނުން އިންސާނުންނަށް ރައްކާތެރިކަން ލިބޭނެއެވެ.
ދުނިޔޭގެ ސްޓްރެޓޯސްފިއާ ވަނީ ބައެއް ސަރަހައްދުތަކުގައި ވަރަށް ބޮޑަށް ތުނިވެފައެވެ. އެކަން އެނގުނުތާ މިހާރު ދިހަވަރަކަށް އަހަރު ވެއްޖެއެވެ.
އޯޒޯން ފަށަލަ ނައްތާލާ މާއްދާތަކާ ބެހޭ ގޮތުން އެކުލަވާލާފައިވާ ބައިނަލްއަގްވާމީ މުއާހަދާ މޮންޓްރިއަލް ޕްރޮޓޮކޯލް ފަދަ ބައިނަލްއަގްވާމީ މުއާހަދާތަކުން މިހާތަނަށް ބޮޑެތިކާމިޔާބީތަކއް ލިބިފައިވާ ކަމަށް ދައްކައެވެ.
އެމެރިކާގެ ނޭޝަނަލް އޯޝަނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަންގެ މޫސުމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި 2022 ވަނަ އަހަރުގެ ކުރީކޮޅު ދުނިޔޭގެ ސްޓްރެޓޯސްފިއާގައި އޯޒޯނަށް ގެއްލުން ދޭ މާއްދާތަކުގެ މިންވަރު %50 ދަށްވެ، އޯޒޯން ފަށަލައަށް ދުޅަހެޔޮ ކަމެއް އަންނާން ފަށާފައިވެއެވެ.