އިތުރު ދެ ރަށެއްގެ އިންޖީނުގެ ހުޅުވައި ފެނަކައިން ރައްޔިތުންނަށް ޚިދުމަތް ދޭން ފަށައިފިއެވެ.

އެގޮތުން ޅ. ކުރެންދޫގައި 18 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ބަންދުކޮށް އައު އިންޖީނުގެ ހުޅުވައި މިހާރު ވަނީ ޚިދުމަތްދޭން ފަށައިފައެވެ. އައު އިންޖީނުގެ އިން ޚިދުމަތް ދޭން ފަށައިފައިވަނީ ސެޕްޓެމްބަރ 12 ވަނަ ދުވަހު ހަވީރު 4:67 ގައި ކަމަށް ފެނަކައިން ވަނީ ވިދާޅުވެފައެވެ. އެދުވަހުގެ 16:57 އިން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފެށިފައިވާ ވާހަކަ އުފަލާއިއެކު ފާހަގަކުރަން،" ފެނަކައިން ވިދާޅުވެފައިވެއެވެ.

މޮޅަދޫ އިންޖީނުގެ އެހާރާއި މިހާރު

މީގެ އިތުރުން ހއ. މޮޅަދޫގައި 13 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ވެސް ވަނީ ނިއްވާލައި، 12 ސެޕްޓެމްބަރ 2022 ވަނަ ދުވަހުގެ 17:28 އިން ފެށިގެން މުޅިން އައު އިންޖީނު ގެއަކުން ރައްޔިތުންނަށް ކަރަންޓު ދޭން ފަށައިފައެވެ.

މިއީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ސައީދާއި މެނޭޖުމެންޓާއި ހީވާގި މުވައްޒަފުން ގުޅިގެން ރައްޔިތުންނަށްޓަކައި ކުރަމުން ގެންދާ ބުރަ މަސައްކަތުގެ ނަތީޖާ ކަމަށް އެކުންފުނީން ދެކެއެވެ.