ގއ. ވިލިނގިލީ ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށުގައހުރި ބަނގުރާ ނައްތާލައިފިކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން މައުލޫމާތު ދެއްވިއެވެ. މިއަދު ނައްތާލެވުނު މިތަކެއްޗަކީ އެކި އެކި މައްސަލަތަކަުގއި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަ ތަކެތީގެތެރެއިން ގއ. ވިލިނގިލީ ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗެވެ.

ވިލިގިނލީ ޕޮލިސްޓޭޝަނުން މިއަދު ނައްތާލައިފައިވަނީ 180 ފުޅި ބަނގުރަލާއި 110 ދަޅު ބިޔަރު ކަމުގައި ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވިއެވެ. އެ ތަކެއޗަކީ މިއަހަރު ޖުލައި މަހު 7 އިން އޮގަސްޓު 16 އަށް ކޫއްޑޫ އެއާޕޯޓަށް ފުރަން ދިޔަ ފަތުރުވެރީންގެ އަތުން ނަގައި އެމްއެންޑީއެފް އިން ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި، އެކި މައްސަލަތަކުގައި ވިލިނގިލީ ޕޮލިސްޓޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.

ބަނގުރާނައްތާލުން ކުރިޔަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި، ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާ ގަވާއިދާއެއްގޮތަށް، އެކަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމުގައި ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވިއެވެ.