ރަޝިޔާއާއެކު އިންޑިއާ ރުޕީސްއިން މުއާމަލާތު ކުރެވޭ ގޮތް ހަމަޖައްސައިފިއެވެ.
އިންޑިއާގެ ލޯނު ދޫކުރާ އެންމެ ބޮޑު ބެންކު، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިންވެސް ރަޝިޔާއާއެކު އިންޑިއަން ރުޕީސްއިން މުއާމަލާތު ކުރާ ފުރަތަމަ ބެންކަކަށް ވެފައެވެ.
ރަޝިޔާއާ އެކު ރުޕީސްއިން ވިޔަފާރި ފަސޭހަ ކުރުމަށް ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ނިންމި ނިންމުމާ ގުޅިގެން އިންޑިއާގެ އެހެން ބެންކުތަކުންވެސް އެކަމަށް ޝައުގުވެރިވެފައިވާ ކަމަށް އިންޑިއާގެ އެކްސްޕޯޓަރުންގެ ޖަމުއިއްޔާ އެފްއައިއޯއިންބުނެއެވެ.
ރިޒާވް ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ޖުލައި މަހު ނެރުނު ސާކިއުލާއެއްގައި އެހެން ބެންކުތަކުގައި އެދިފައި ވަނީ އިންޑިއާ ރުޕީސްއިން ވިޔަފާރި ކުރުމަށް ބައިނަލްއަގްވާމީ ވިޔަފާރި މުޖުތަމައުގެ ޝައުގުވެރިކަން އޮތުމުން އިންޑިއާ ރުޕީސްއިން އެކްސްޕޯޓް ކުރުމާއި އިމްޕޯޓް ކުރުމުގެ މުއާމަލާތްތައް އިތުރުކުރުމަށް އިންތިޒާމުތައް ހަމަޖެއްސުމަށެވެ.
ޔޫކްރޭން ހަނގުރާމައާ ގުޅިގެން ހުޅަނގުން މޮސްކޯއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިންޑިއާއިން ރަޝިޔާއަށް އެކްސްޕޯޓްކުރާ މުދާ ވަނީ މަޑުޖެހިފައެވެ.
އިންޑިއާއިން ރަޝިޔާއަށް އެކްސްޕޯޓް ކުރާ މުދާ ވަނީ ތިންބައިކުޅަ އެއްބަޔަށް މަދުވެފައެވެ. ނަމަވެސް އަގު ހެޔޮކޮށް އިންޑިއާއިން ރަޝިޔާގެ ތެޔޮ އިމްޕޯޓް ކުރާތީ އިންޑިއާގެ ރަޝިޔާ މުދަލުގެ އިމްޕޯޓް ވަނީ އިތުރު ވެފައެވެ.