މަޝްވަރާ ކުރުމުގެ އަޚުލާގު ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ކިބައިގައި ހުންނެެވި ވަރާ ގާތަށް ވެސް ރައީސް ޢަބްދުﷲ ޔާމީންގެ ކިބައިގައި އެ އަޚުލާގު ނެތް ކަމަށް ހޯމް މިނިސްޓަރ އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއީ ބައެއް ބޭފުޅުންނަށް ގަބޫލު ކުރައްވަން ދަތި ކަމެއް ކަމަށެވެ. އެހެނަސް މިއީ ހަގީގަތް ކަމަށް އެ ދެބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންވާ އެންމެންނަށް އެނގޭނޭ ކަމަސް ވެސް ވިިދާޅުވެފައިވެެއެވެ.

"ބައެއް ބޭފުޅުންނަށް ގަބޫލުފުޅު ކުރައްވަން ކިތަންމެ ދަތިވިިޔަސް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ގެ ކިބައިގައި މަޝްވަރާ ކުރުމުގެ އަޚުލާގުހުރިވަރާ ގާތަށް ވެސް ރައީސް ޔާމީންގެ ކިބައިގައި އެ އަޚުލާގު ނެތްކަމީ އެ ދެބޭފުޅުން ރަނގަޅަށް ދެނެވަޑައިގަންނަވާ އެންމެން ދަންނަ ހަގީގަތެކެވެ." މިނިސްޓަރ ވިދާޅުވެފައިވެއެވެ.