ހދ. ކުރިނބީ ބަނދަރު ހެދުމުގެ މަޝްރޫޢު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލު ކޮށްފިއެވެ.

އެކުންފުންޏާ މި މަސައްކަތް ހަވާލުކުރީ 365 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ. މަސައްކަތުގެ އަގަކީ 42،993،934.96 ރުފިޔާ އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.

މި މަޝްރޫއުގެ ދަށުން ކުރަން ހަމަޖެހިފައިވާ މަސައްކަތްތަކުތެރޭގައި:

  • ބަނދަރު 4،389 ކިއުބިކް މީޓަރަށް ފުންކުރުން
  • ބަނދަރަށް އިތުރުކުރެވޭ ބައި 30،172 ކިއުބިކް މީޓަރަށް ފުންކުރުން
  • ބަނދަރަށް ވަންނަ ނެރު 2،040 ކިއުބިކް މީޓަރަށް ފުންކުރުން
  • 295 މީޓަރު ބޮޑު ހިލައިގެ ބޭރުތޮށި ޖެހުން
  • 70 މީޓަރުގެ ރިވެޓްމަންޓް ޖެހުން
  • 314 މީޓަރު ސްކޯރިން އެޕްރޮން ޖެހުން
  • 2 ނެވިގޭޝަން ލައިޓް ހަރުކުރުން
  • 314 މީޓަރުގެ އެއްގަމު ތޮށި ލުން
  • 10 މޫރިން ބޮއި ހަރުކުރުން
  • ރޭމްޕް ހެދުން
  • 16 މަގު ބައްތި ހަރުކުރުން
  • 1،556.61 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުން

އެމްޓީސީސީން ގެންދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަމުންނެވެ.