ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛް ފައްޔާޒް ޝާޠިރުކަމުގައި ފުލުހުންގެ އިދާރާއިން މަޢުލޫމާތު ދެއްވިއެވެ.

މި ރަސްމިއްޔާތުގައި ޖުމްލަ 47 ފުލުހުން ހުވާކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 33 ފިރިހެން ފުލުހުންނާއި 7 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީގެ ފިރިހެން 7 ފުލުހުންނެވެ. ފުލުހުންގެ އިދާރާއިން މައުލޫމާތުދެއްވިގޮތުގައި ފުލުހުން ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި ސޮއި ކުރިއެވެ.

ފުލުހުންނަށް ހުވާލައި ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ނާފިޒު އާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަރީފު ބައިވެރިވެލެއްވިއެވެ.