ޝަރީޢަތް ނިމެންދެން މާފުށީ ޖަލުގައި ބަހައްޓާފައި ހުރި މީހަކު ކުއްލި ގޮތަކަށް ނިޔާވެއްޖެ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މައުލޫމާތު ދެއްވައިފިއެވެ.

ބަންދުގައި ހުއްޓާ ކުއްލިގޮތަކަށް ނިޔާވެފައިވަނީ މ. މުލީ، ހުދުފިނިފެންމާގޭ، މުޙައްމަދު ނަޝީދެވެ. އޭނާގެ އުމުރަަކީ ސާޅީސް ތިން އަހަރުު ކަމަށް ކަރެކްޝަނަލް ސާވިސް ބުނެފައިވެއެވެ.

މުޙައްމަދު ނަޝީދު ނޭވާ ނުލާކަން ފުރަތަމަ ފާހަގަކުރެވިފައިވަނީ ތީ އޭނާއާއެކު ގޮޅި ހިއްސާކުރަމުންދިޔަ މީހަކަށެވެ. އެކަން ފާހަގަ ކުރެވުމުން އެމީހާ ވަނީ ޕްރިޒަން އޮފިސަރުންނަށް އެކަން އެންގައިފައެވެ. އެ މައުލޫމާތު ލިބުމާއެކު އޭނާ މާފުށީ ޖަލުގެ މެޑިކަލް ސެންޓަރަށް ގެންގޮސް ސީޕީއާރު ދިންކަމަށް ކަރެކްޝަންސާވިސްއިން ބުނެފައިވެއެވެ. ސީޕީއާރަށްފަހު ފަހުވެސް ނޭވާ ނުލުމުން، ޑޮކްޓަރު ވަނީ 17:26 އެހައިކަންހާއިރު އޭނާ ނިޔާވި ކަމަށް ކަނޑައަޅައިފައެވެ.

މުޙައްމަދު ނަޝީދަކީ މަސްތުވާތަކެއްޗާ ގުޅުންހުރި މައްސަލައެއްގައި ޝަރީޢަތް ނިމެންދެން ޖަލުގައި ބަހައްޓާފައި ހުރި މީހެއްކަމަށް ކަރެކްޝަނުން ވަނީ ބުނެފައެވެ.