ޝަންހާއީ ކޯޕަރޭޝަން އޮގަނައިޒޭޝަން (އެސްސީއޯ)އާ ގުޅުމަށް އީރާނުން ސޮއިކޮށްފި އެވެ. އީރާންގެ ފޮރިން މިނިސްޓަރު ހުސައިން އަމީރު އަބުދުﷲ ވަނީ އެކަން އިއުލާން ކުރައްވާފައެވެ.

އެސްސީއޯ ސަމިޓްގައި މެހުމާނެއްގެ ހައިސިއްޔަތުން އީރާނުގެ ރައީސް އިބްރާހިމް ރައިސީވެސް ވަނީ ބައިވެރިވެ ވަޑައިގަތުމަށް ސަމަރްގަންދު ސިޓީއަށް ވަޑައިގެންފައެވެ.

އީރާނުން އެސްސީއޯގައި ބައިވެރިވުމަށް ނިންމީ މިދިޔަ މާޗް މަހު އެވެ. އީރާނުން ރަސްމީކޮށް ބައިވެރިވާ އެސްސީއޯގެ ފުރަތަމަ ސަމިޓަކީ 2023 ވަނަ އަހަރު އިންޑިއާއިން ބާއްވާ ސަމިޓެވެ.