އިންޑިއާގެ ހައިދަރުއާބާދުގައި ފްރާންސްގެ ކޮންސިއުލޭޓް އޮފީހެއް ހުޅުވާނެކަމަށް ފްރާންސުން ބުނެފިއެވެ. ފްރާންސުން އިންޑިއާއާއެކު ބަދަހި ގުޅުމަކަށް ޝައުގުވެރިވާ ކަމަށް ފްރާންސްގެ ފޮރިން މިނިސްޓަރ ވިދާޅުވެއެވެ. އެހެންވެ، ފްރާންސުން އިންޑއާގެ 20،000 ދަރިވަރުންނަށް 2025އާ ހަމައަށް މަރުހަބާ ކިޔުމަށް އަމާޒު ކަނޑައަޅާފައިވާ ކަމަށްވެސް ފްރާންސްގެ ފޮރިން މިނިސްޓަރު ކެތަރިން ކޮލޮނާ ވިދާޅުވެއެވެ.

ނިއުދިއްލީގައި ބޭއްވި އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުއާ އެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިއްޔެ ކޮލޮނާ ވިދާޅުވީ ދެ ގައުމުގެ ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.

އިންޑިއާއާއި ފްރާންސުން ގުޅިގެން ހިންގާ އިންޑޯ ފްރެންޗް ކެމްޕަސް ފޯ ހެލްތްކެއާއިން އަންނަ އަހަރުން ފެށިގެން ހެލްތްކެއާގެ ދާއިރާއިން ޑުއަލް ޑިގްރީ ދޫކުރަން ނިންމާފައި ވެއެވެ.

މިހާރުވެސް ފްރާންސްގައި އިންޑިއާގެ 4 ކޮންސިއުލޭޓް ޖެނެރަލް ހުރެއެވެ.

ފްރާންސްގެ ޚާރިޖީ ވަޒީރު ވެސް ވިދާޅުވީ އިންޑިއާގެ ފުރަތަމަ ދިފާއީ ބައިވެރިންގެ ތެރޭގައި ފްރާންސަކީ ފަޚުރުވެރިވާ ގައުމެއް ކަމެއް ކަމަށާއި، ދެ ގައުމުގެ ސިފައިން މިހާރު ކުރިއަށް ގެންދަނީ ޖޮއިންޓް ޕެޓްރޯލްތަކެއް ކަމަށެވެ. ޑިފެންސްގެ ދާއިރާއިން ފްރާންސް ފަދައިން އިންޑިއާއާ އެންމެ ޒަމާނީ ޑިފެންސް ޓެކްނޮލޮޖީތައް ހިއްސާ ކުރަން ތައްޔާރަށް އޮތް އެހެން ގައުމެއް ނެތް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އަދި ފްރާންސާއި އިންޑިއާއިން ގުޅިގެން ވރަށް އަވަހަށް ޖައްވުގެ ސަލާމަތީ މައްސަލަތަކާ ގުޅޭ ގޮތުން އާ މަޝްވަރާއެއް ފަށާނެ ކަމަށް ވެސް ފަރަންސޭސި ފޮރިން މިނިސްޓަރ ވިދާޅުވިއެވެ