ޗައިނާގެ ކުންފުނިތަކުން ހިންގާ ގަވާއިދާ ޚިލާފު އަމަލުތައް ބަންގްލަދޭޝްގެ ރައްޔިތުން ތަހައްމަލު ކުރަމުން ދެއެވެ.

ބެއިޖިންގގައި ހުންނަ ކުންފުނިތަކުން ނުވަތަ އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުން ބަނގްލަދޭޝްއަށް ޓެކްސް ނުދައްކާ ގިނަ މައްސަލަތަކެއް ފެނިފައިވެއެވެ. ބަންގްލަދޭޝްގައި ވިޔަފާރިކުރާ ޗައިނާގެ ކުންފުނިތަކުން އަންނަނީ ޓެކްސް ނުދައްކައި ސިނގިރޭޓް، އަދި ބަނގުރާ ފަދަ ތަކެތި އެތެރެކުރުމުގެ މަސައްކަތް މެދުނުކެނޑި ކުރަމުންނެވެ.

ޗައިނާގެ ކުންފުނިތަކުން ކުރާ ހީލަތްތެރި އަމަލުތަކުގެ ސަބަބުން ބަންގްލަދޭޝްގެ ޓްރެޜަރީއަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށް ބަންގްލަދޭޝް ލައިވް ނިއުސް އިން ބުނެއެވެ.

ބެއިޖިން އަކީ އިތުބާރު ހުރި އިގްތިސާދީ ބައިވެރިއެއްގެ ގޮތުގައި ޕްރޮޖެކްޓް ކުރި ނަމަވެސް، އެގައުމުގެ ހަރަކާތްތަކަކީ ކޮރަޕްޝަނާއި ޖަރީމާތަކުން ފުރިފައިވާ ހަރަކާތްތަކެއް ކަމަށް މީޑިއާއިން ސިފަކުރެއެވެ.

ބަންގްލަދޭޝްގައި ޗައިނާގެ ކުންފުނިތަކުން ހިންގާ ޓެކްސްއަށް މަކަރު ހެދުމުގެ އަމަލުތައް ހުއްޓޭނެ ކަމަކަށް ނުބެލެވެއެވެ

އެންމެ ފަހުން ހިނގި ހާދިސާގައި ބަނގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ވަނީ ޗައިނާގެ ކުންފުނި 'ޒޮންގް ސައިން ޓެކްސްޓައިލް އިންޑަސްޓްރީސް ލިމިޓެޑް' އިން އެތެރެކުރި ކޮންޓެއިނަރެއް އަތުލައިގެންފަ އެވެ.

އެ ކޮންޓެއިނަރުގައި ޑިކްލެއާ ކުރި އެއްޗަކީ ޓެކްސްޓައިލް ޑައިކުރަން ބޭނުން ކުރާ ސާމާނުތައް ކަމަށް ބެލެވުނެވެ. ނަމަވެސް އެ ކޮންޓެއިނަރު ހުޅުވާލިއިރު އެ ކޮންޓެއިނަރުގައި ގާތްގަނޑަކަށް 900 ވަރަކަށް ބިދޭސީ ސިނގިރޭޓް ޕެކޭޖް ފުރެންދެން ޖަހާފައި ހުއްޓެވެ.

އެ ކޮންޓެއިނަރު ފާހަގަ ނުކުރެވި ފާސްވި ނަމަ އޭގެ ސަބަބުން ބަންގްލަދޭޝް ސަރުކާރަށް ގާތްގަނޑަކަށް 7 ކްރޯޑް ޓާކާ ގެއްލުނީސް ކަމަށް ބަންގްލަދޭޝް ލައިވް ނިއުސް އިން ބުނެ އެވެ.