ކ. ބަނޑޮސް ގޮނޑުދޮށުގެ ދެކުނު އިރުމަތީ ސަރަހައްދު ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، ބޭރުތޮށީގެ ޕްރޮފައިލިންގ މަސަައްކަތްތައް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 557 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުގެ ކްލައިންޓަކީ އޯރކިޑް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑެވެ.

މީގެ އިތުރުން އއ. މާޅޮސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 65 ޕަސެންޓް ވެސް މިހާރު ވަނީ ނިމިފައި ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ. އޭގެ އިތުރުން ގްރޮއިން ޖެހުމުގެ މަސައްކަތުގެ 50 ޕަސެންޓް ވެސް ވަނީ ނިމިފައި ކަމަށް ބުނެފައިވެއެވެ.

މި މަޝްރޫޢުގެ ދަށުން، އައު ހާބަރ ބޭސިން އާއި މިހާރު ހުރި ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތާއި، ނެރު ފުންކުރުމުގެ މަސައްކަތާއި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ނިމިފައެވެ. މި މަޝްރޫއަކީ 56.9 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.