ގިނަ ރިސޯޓުތަކާއި ވަސީލަތްތަކެއް އެއްސަރަޙައްދުން ލިބެންހުންނަ ގޮތަށް ކ. ތޮޅިމަރާ ހުރާ ފަޅުގައި ރިސޯޓުތަކެއް ހެދުމުގެ މަސްރޫއެއް ކުރިއަށް ގެންދަން ފަށާކަމަށް އެޓޯލް އެސްޓޭޓްސް އިން އިއްޔެ ބުނެފިއެވެ.

އެޓޯލް އެންސްޓޭޓުން އިންޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ރިސޯޓުތައްހަދައި ނިންމައި 2025 ވަނަ އަހަރު ފަތުރުވެރީންނަށް ޚިދުަމަތްދޭން އެކުންފުނިން ތައްޔާރުވަމުން ދާކަމަށެވެ،

މި މަސްރޫއުގެ ދަށުން ތޮޅިމަރާ ހުރާ ފަޅުގައި ތަފާތު އެކި ބޭނުންތައް ފުދޭނޭގޮތަށް ރަށްތަކެއް ތަރަށްޤީ ކުރެއެވެ. މި ރަށްތަށް ގުޅާލަނީ ފާލަންތަކަކުން ނެވެ. އަދި މިރަށްތަކުގައި ޖުމުލަ 3 ރިސޯޓު ހަދައެވެ. އަދި ކެއިން ބުއިމުގެ ޚިދުމަތްލިބޭނެ ކެފޭ ރެސްޓޯރެންޓް ފަދަ 24 ތަން މި ރިސޯޓުތަކުގައި ހުންނާނެއެވެ. މިތަންތަނުން އެކި ބާވަތްތަކުގެ ކެއުމާއި ބުއިން ލިބެން ހުންނާނެ ކަމަށް އެޓޯލް އެންސްޓޭތުން އިއްޔެ ނެރުނު ބަޔާނުގައި ވެއެވެ.

މި ރިސޯޓުތައް ތަރަށްޤީކުރަނީ އިއާދަކުރެވެނިވި ހަކަތައާއި ތިމާވެށްޓާ ރައްޓެހި ކުނި ނައްތާލުމުގެ ނިޒާމާއެކު އެވެ. އަދި މިތަނުގެ ހުރިހާ ހިސާބަކަށް ކަރަންޓު ދޭން ބޭނުންކުރަނީ އަވިން އުފައްދާ ހަކަތައެވެ.

ތިމާވެއްޓާއި ރައްޓެހި މި ރިސޯޓުތައް ފަރުމާކުރަނީ ދުނިޔޭގެ މަޝޫރު އާކިޓެކްޓުންނެވެ. މިއީ އާއިލާތަކަށާއި ރައްޓެހި ގުރޫޕުތަކަށް އަދި ވިޔަފާރި ބައްދަލުވަުންތަކަށް ދަތުރުކުރާ މީހުނަށްވެސް ޚިދުމަތްދޭ ގޮތަށް ތައްޔާރުކުރާ ރިސޯޓު ތަކެކެވެ.

"ޕޮރެޖެޗްޓް ޑެލްފިން"ގެ ނަންދީފައިވާ މި މަސްރޫއު، އިންޓަރގްރޭޓް ޓޫރިޒަމް ނުވަތަ ގިނަ ރިސޯޓުތަކާއި ޚިދުމަތްތައް އެއްސަރަހައްދަކުން ލިބެހުންނަ ގޮަތަށް ތައްޔާރުކުރަނީ ރަޝިޔާއާޢި ޔޫއޭއީގެ އިންވެސްޓަރުންތަކެއް ގުޅިގެންނެވެ.

ކ. ތޮޅިމަރާ ހުރާ ފަޅު އޮންނަނީ ހުޅުލެއިން ފުރައިގެން ލޯންޗުގައި 40މިނެޓުން ދެވޭ ހިސާބުގައެވެ. އެ ފަޅު މިދިޔަ ޖޫންމަހު އަބޫދާބީގެ ކުންފުންޏެއްކަމަށްވާ އެޓޯލް އެންސްޓެޓުންވަނީ ގަނެފައެވެ.

މިގޮތަށް ގިނަ ރިސޯޓުތަކާއި ޚިދުމަތްތައް ލިބޭގޮތަށް "އިންޓަރގްރޭޓެޑް ޓޫރިޒަމް" އަށް ރާއްޖޭގައި އެންމެ ފުރަތަމަ ތަރަށްްގީކުރީ، އެނބޫދޫ ފަޅުގައިހެދި ކޮރޮސްރޯޑްސް މޯލްޑިވްސް އެވެ،. އެއީ ތައިލޭންޑްގެ ސިންހަ އެސްޓޭޓުން ތަރަށްގީކުރި ރިސޯޓުތަކެކެވެ.