ޗައިނާއަށް ދަރާފައިވާ ޒެމްބިއާއިން ޗައިނާއާ ދުރަށް ދަނީ ހެއްޔެވެ؟ ޒެމްބިއާއިން ވަނީ އައިއެމްއެފްގެ 1.3 ބިލިއަން ޑޮލަރުގެ ލޯނެއް ކަށަވަރުކޮށްފައެވެ.

ޒެމްބިއާގެ ފިނޭންސް މިނިސްޓަރު ސިޓޫމްބެކޯ މުސޮކޮޓްވާނޭ ކށަވަރުކޮށް ދެއްވިގޮތުގައި އޭނާގެ ގައުމަށް އައިއެމްއެފް އިން 1.3 ބިލިއަން ޑޮލަރުގެ ލޯނެއް ލިބުނީ ފަސް އަހަރާއި ބައިގެ ގްރޭސް ޕީރިއަޑަކާއި 10 އަހަރުގެ މެޗުރިޓީއަކާ ެކު ކަމަށް ފައިނޭންޝަލް ޕޯސްޓުން ބުނެ އެވެ.

ޒެމްބިއާގެ ދަރަނީގެ ގާތްގަނޑަކަށް 30 ޕަސެންޓް ދަރަނީގެ ޒިންމާ މިހާރުވެސް އޮތީ ޗައިނާއަށެވެ.

އެއީ ބޮޑު ކާމިޔާބީއެއް ކަމަށް ފާހަގަކޮށް ފައިނޭންޝަލް ޕޯސްޓުން ބުނީ ޗައިނާގެ ދަރަނި ޑިޕްލޮމެސީގެ މަޅީގައި ޖެހިފައި ތިބި އާމްދަނީ ދަށް އަދި މެދުފަންތީގެ ގައުމަކަށް އައިއެމްއެފްގެ މިފަދަ އެއްބަސްވުމަކީ ވަރަށް ބޮޑު މާނައެއް ދޭހަވާ ކަމެއް ކަމަށެވެ.

އައިއެމްއެފްގެ ޑީލަށް ގާތުން ބަލާއިރު، ޗައިނާއިން ފައިސާ ހޯދާ ޕަބްލިކް އިންފްރާސްޓްރަކްޗާއަށް ކުރާ އިންވެސްޓްމަންޓްތަކަށް ވުރެ ޒެމްބިއާ އިން ރިކަރެންޓް ހަރަދުތަކަށް މި ލޯނުން އިސްކަންދޭނެ ކަމަށް ވިސްނޭ ކަމަށް ފައިނޭންޝަލް ޕޯސްޓުން ރިޕޯޓްކުރެއެވެ.

ޒެމްބިއާ ބުނެފައި ވަނީ އެގައުމުން ކުރިއަށް ގެންދަން ރާވާފައިވާ 12 މަޝްރޫއު މުޅިން ކެންސަލް ކުރާނެ ކަމަށެވެ.