ސައުދީ އަރަބިއްޔާ:- އޭއެފްސީ ވިހި އަހަރުން ދަށުގެ ކޮލިފިކޭޝަނުގައި ރާއްޖެއިން ކުޅުނު ފަހު މެޗުގައި ރޭ މިޔަންމާ އަތުން 3-0 އިން ބަލިވެ ގްރޫޕުގެ ފުލުގައި ޕޮއިންޓެއް ނުލިބި ރާއްޖެއިން ނިންމާލައިފިއެވެ.

މިޔަންމާއިން ރާއްޖެ ކޮޅަށް ޖެހި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ޖެހީ އެންމެ ލަނޑެކެވެ. އަނެއް ދެލަނޑު ޖެހީ ދެވަނަ ހާފް ނިމެން ދަނިކޮށެވެ. މިޔަންމާއިން ފުރަތަމަ ލަނޑު ޖެހީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނެޓުގެ ތެރޭގައެވެ. ދެވަނަ ލަނޑު، 82 ވަނަ މިނެޓުގައި އަދި ތިންވަނަ ލަނޑު ޖެހީ މެޗް ނިނެމް 4 މިނެޓަށްވެފައި ވަނިކޮށެވެ.

ކޮލިފިކޭޝަނުގައި ރާއްޖެ ހިމެނުނީ ސައުދީ އަރަބިއްޔާ، ޗައިނާ، އުޒްބެކިސްތާން، އަދި މިޔަންމާއާއެކު ގްރޫޕް "އޭ" ގައެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ގައުމަކީ އުޒްބެކިސްތާން ކަމުގައިވާތީ އެގަމު ވަނީ އޮޓަމެޓިކުން މުބާރާތަށް ކޮލިފައިވެފައެވެ. އަދި ކޮލިފިކޭޝަނުގައި އެގައުމާ ދެކޮޅަށް ކުޅޭ މެޗަކީ ޕޮއިންޓް ލިބޭ މެޗެއްގެ ގޮތުގައިވެސް ގުނާފައެއް ނުވެއެވެ.

ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން ބަލިވީ 7-0 އިންނެވެ. ދެވަނަ މެޗުގައި ކޮލިފިކޭޝަން ކުރިއަށް ދިޔަ ސައުދީ އަރަބިއްޔާ އަތުން ބަލިވީ 11-0 އިންނެވެ. މިއީ މިފަހަރުގެ ކޮލިފިކޭޝަނުގައި ފެނުނު އެންމެ ތަފާތު ބޮޑު ނަތީޖާއެވެ. ތިންވަނަ މެޗުގައި ޗައިނާ އަތުން ރާއްޖެ ބަލިވީ 5-0 އިންނެވެ. ރާއްޖެ ކޮޅަށް 4 މެޗުގައި 26 ލަނޑު ވަދެފައިވާއިރު އެންމެ ލަނޑެއްވެސް ޖެހިފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.