މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) ގެ ވޮކޭޝަނަލް ޕްރޮގްރާމުގައި މިހާރު 450 ދަރިވަރުން ކިޔަވަމުންދާ ކަމަށް އެތަނުން އިސްބޭފުޅުން މިއަދި ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމާ ރައީސް އޮފީހުގައި މިއަދު ބައްދަލު ކުރައްވައި އެބޭފުޅުން ދެއްކެވި ވާހަކަފުޅުގއި ވިދާޅުވީ އެތަނުގެ 150 ދަރިވަރުން މިހާރު ދަސްވެނިވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. އެބޭފުޅުން ވިދާޅުވީ ސުކޫލްތަކުގެ ޚާއްޞަ އެހީއަށްބޭނުންނާ ކުދިންނަށްވެސް މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ފަރާތުން ވޮކޭޝަނަލް ޕްރޮގްރާމް ހިންގަމުންދާ ކަމަށެވެ. މީގެ އިތުރުން އެބޭފުޅުންވަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް ޓެކްނޮލޮޖީގޮތުން ތަމްރީން ލިބިފައިވާ މީހުން ބޭނުންވާކަމަށް ނާއިބު ރައީސަށް ދަންނަވާފައެވެ،

ނާއިބު ރައީސް ފައިސަލް ވިދާޅުވީ ވޮކޭޝަނަލް ޓްރެއިނިންގ އާއި ހުނަރު ކުރިއެރުވުމަކީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުން އަބަދުވެސް އިސްކަން ދެއްވާނޭ ކަމެއް ކަމަށެވެ. އެކަޑެމިކްކޮށް ދަރިވަރުން އުނގެނުން މުހިންމުވާފަދައިން ހުނަރާއި ތަމްރީނު ދަސްކޮށްދިނުމަށް މި ބައްދަލުވުމުގައި ނާއިބު ރައީސް ވަނީ ބާރުއަޅުއްވާ ވާހަކަފުޅު ދައްކަވާފައެވެ. އޭގެ އިތުރުން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީއިން ދޭ ޚިދުމަތުގެ މުހިންމުކަން ފާހަގަކުރައްވައި އެމަސައްކަތް އިތުރަށް ފުޅާކުރުމަށް ކުރެވެންހުރި ކަންތައްތަކާއި ގުޅޭގޮތުން ވެސް ނާއިބު ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

ރައީސް އޮފީހުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ އިސްވެރިން ވަނީ އެބޭފުޅުންގެ މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ހިއްސާ ކުރައްވައިފައެވެ. އެހެންމި ބަަ ކަމުން އެކަންކަން ހަައްލުކުރެވޭނޭ ގޮތްތަކާ ބެހޭ ގޮތުން ނައިބު ރައީސް ވަނީ އެބޭފުުޅުންނާ މަޝްވަރާކުރައްވާފައެވެ.