އަލީރަމީޒުގެ އަމިއްލަ އުފެއްދުމެއްކަމަށްވާ "ލޮލަކަށް ނިންޖެއް ނާދޭ" ލަވަ ޑާރކްރެއިން އެންޓަޓައިމެންޓުން، އެހެން މީހެއްގެ އަޑުން ކިޔައި ނެރުމުން އަލީ ރަމީޒު އިންޒާރު ދިނުމުން އެލަވަ ނަގައިފިއެވެ.

ހުއްދަނެތި އޭނާގެ އަމިއްލަ އުފެއްދުންތައް ބޭނުންކުރާ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އަލީ ރަމީޒު އިންޒާރު ދިނީ ޑާރްކރެއިިންގެ "ހިނދުކޮޅެއް" ފިލްމަށް މަރިޔަމް އަޝްފާގެ އަޑުން ކިޔާފައި، އަލީރަމޭޒުގެ އަމިއްލަ އުފެއްދުމެއް ނެރުމުންނެވެ. .

"ލޮލަކަށް ނިންޖެންނާދޭ" ލަވައަކީ އަލީ ރަމީޒުގެ އަމިއްލަ އުފެއްދުމެކެވެ. އެ ލަވައިގެ ޅެން ހެއްދީ އީސާ ޝަރީފުލައްވައި، ހުދު އަލީރަމީޒެވެ.

އަލީ ރަމޭޒު މިއަދު ބުނީ އޭނާގެ އަމިއްލަ އުފެއްދުމެއް ޑާރްކރެއިން އިން ބޭނުންކުރީ ހުއްދައެއް ހޯދުމެއް ނެތިމަކަމަށެވެ. އެހެންމީހެއްގެ އަޑުން ކިޔުއްވައި ރީމިކްސް ހަދާ، އޭގެ ވީޑިއޯ ހަދާ، ނުވިތާކަށް، އެ ލަވަ ފިލްމެއްގައިވެސް ބޭނުންކުރަމުންދާކަމަށް އޭނާ ބުންޏެވެ. އަދި އޭނާ ބުނީ އެއީ ކޮށްގެން ވާނެ ކަމެއް ނޫންކަމަށެވެ. އެފަދަ ކަންކަންކުރާމީހުނާމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމަށް އޭނާގެ ފޭސްބުކް ޕޭޖުގައި ބުނެފައިވެއެވެ.

އަލީރަމީޒުގެ އިންޒާރާ ގުޅިގެން މިލަވައިގެ ވީޑިއޯ މިހާރުވަނީ ޑިލީޓުކޮށްފައެވެ.