އިންޑިއާގެ އިންދޯރް ސިޓީގައި ފަށާފައިވާ ޕަތާ އެޕަކީ ޑިޖިޓަލްކޮށް މީހާގެ އެޑްރެސް ސާފުކޮށްދޭ އެޕެކެވެ. އަމިއްލަ ފަރާތަކުން އުފައްދާފައިވާ ކޯޑް ބޭނުން ކޮށްގެން އިންޑިއާގެ ޖައްވީ އިދާރާ އިސްރޯއާ އެކު ޖިއޯ ޓެގިން ސިސްޓަމް ބޭނުންކޮށްގެން ފަސޭހައިން އެޑްރެސްތައް ހޯދައި ގަނެވޭނެއެވެ.

ޕަތާ ނުވަތަ އެޑްރެސް އެޕްއަކީ އިންދޯރްގެ ސްމާޓް ސިޓީ ޕްރޮގްރާމުގެ ބައެކެވެ. މުސްތަގުބަލުގައި އިންޑިއާގެ ހުރިހައި ސިޓީއަކަށް ޕަތާ އެޕް ބޭނުން ކުރެވޭ ގޮތަށް ހެދުމަށް އިންޑިއާއިން ނިންމާފައި ވެއެވެ.

އިންޑިއާއިން ބުނާ ގޮތުން އަހަރަކު 75 ކުރޯޑް ރުޕީސް ބޭކާރު ވެގެން ދަނީ އެޑްރެސް ހޯދުމަށް ކުރަން ޖެހޭ މަސައްކަތަށް ކަމަށެވެ.

ސަރުކާރުގެ ހުރިހައި އިދާރާއެއްވެސް ޕަތާ އެޕްއާ ގުޅުވާލެވި އެއް ވިއުގައަކަށް ގެނެވޭނެއެވެ.

https://pataa.com/