ގދ. ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތުގައި އެރަށު ރައްޔިތުންގެ ފުރިހަމަ ބައިވެރިވުން ލިބިފައިވާ ކަަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވިއެވެ.

މި މަސައްކަތް ފެށުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މަސައްކަތް ފަށްޓަވަައި ދެއްވީ ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ސަޢީދު މުޙައްމަދާއި އެމް.ޑަބްލިއު.އެސް.ސީ ގެ ޗެއަރމަން އަޙްމަދު މައުސޫމާއި، އެމް.ޑަބްލިއު.އެސް.ސީ ގެ ޑީ.އެމް.ޑީ މުޙައްމަދު ޝަރީފާއި، ވާދޫ ކައުންސިލްގެ ނާއިބުރައީސް ހާޝިރު މުޙައްމަދާއި، ވާދޫ ކައުންސިލްގެ އެސް.ޖީ މުޙައްމަދު އިބްރާހީމް ދީދީ އެވެ.

ވާދޫ ނަރުދަމާ ޤާއިމް ކުރުމުގެ މަސައްކަތަކީ ސަރުކާރުން އެމް.ޑަބްލިއު.އެސް.ސީ އާ ޙަވާލުކުރައްވާފައިވާ މަސައްކަތެކެވެ. އެމް.ޑަބްލިއު.އެސް.ސީ އާ އެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހޮޅިވަޅުލުމުގެ އެންމެހައި މަސައްކަތެއް ކުރާނީ ފެނަކައިންނެވެ.