މަޝްހޫރު ސާޖަން ޑރ. ޢަބްދުﷲ ވަޙީދު އަވަހާރަ ވެއްޖެއެވެ. އަވަހާރަވެފައިވަނީ އައިޖީއެމްއެޗުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މީގެ އިރުކޮޅެއް ކުރިން ކަމަށް އެނގިފައިވެއެވެ. ޑރ. ޢަބްދުﷲ ވަޙީދަކީ ސިއްހީ ދާއިރާއަށާއި ދިވެހި ދައުލަތަށް ޚިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެކެވެ.

އަވަހާރަވިއިރު ޢުމަރުފުޅަކީ 65 އަހަރެވެ. އެނގިފައިވާ ގޮތުގައި އަވަހާރަވީ ނިއުމޯނިއާއަށް ފަރުވާ ހޯއްދަވަމުން ގެންދަަވަނިކޮށްނެވެ. އޭނާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމާއި ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސްގެ މަގާމާއި އައިޖީއެމްއެޗްގެ ޑިރެކްޓަރ ޖެނެރަލް މެޑިކަލް ސާވިސަސްގެ މަގާމު ވެސް ފުރުއްވާފައެވެ. އޭގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފައިވެއެވެ.

ފަހުން އޭނާ ވަނީ މަސައްކަތްތަކާ ފޭއަށް ޖެހިިވަޑައިގެން އަމިއްލަ ބްލޮގެއް ހިންގަން ފަށްޓަވައިފައެވެ. އޭގެ އިތުރުން ތާރީޚު ދިރާސާކޮށް ބޮލޮގްގައި ލިޔުއްވިއެވެ. ބައެއް ނޫސްތަކަށް ވެސް ލިޔުއްވާފައި ވެއެވެ. އޭނާއަކީ އައްޑޫ ސިޓީ މީދުއަށް އުފަން ބޭފުޅެކެވެ.