ކުރިއަށް އޮތް އޮކްޓޫބަރު މަހު 7-3 އަށް މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ 8ވަނަ ކެރަމް ވޯލްޑް ކަޕަށް ތައްޔާރު ވުމަށްޓަކައި ރާއްޖޭގެ ކެރަމް ޓީމް މެދުފުށި އައިލެންޑް ރެޒޯޓްގައި ކޭމްޕް ކޮށްފިއެވެ.

ކޭމްޕަށް މެދުފުއްޓަށް ދިޔަ ފިރިހެން ގައުމީ ޓީމުގައި ހިމެނެނީ އިބްރާހިމް ހުޖާން، އިސްމާއިލް އަޒްމީން، މުހައްމަދު މުންތަސިރު އާއި އާދަމް އަދީލް އަދި ޔަމާން އަބްދުލް ޖަލީލް އެވެ. އަންހެން ކެރަމް ގައުމީ ޓީމުގައި ހިމެނެނީ އައިޝަތު ނަހުފާ، އައިމިނަތު ވިދާދު، އައިޝަތު ފައިނާޒް އާއި އާމިނަތު ވިޝާމާ އަދި ފާތިމަތު ރަޔާނާ އެވެ.

ކެރަމް ގައުމީ ޓީމުން ވަނީ މީގެ މަހެއްހައި ދުވަސް ކުރިން ހިންނަވަރުގައި، 2012 ވަނަ އަހަރުގެ ދުނިޔޭގެ ކެރަމް ޗެމްޕިއަންކަން ހޯދި ލަންކާގެ ނިޝާންތަ ފެނާންޑޯގެ އެހީތެރިކަމާއެކު 7 ދުވަހުގެ ޓްރެއިނިންގ ކޭމްޕެއް ފުރިހަމަ ކޮށްފައެވެ.

ކެރަމް ވޯލްޑް ކަޕުގައި މިފަހަރު 17 ގައުމަކުން 250 ކުޅުންތެރިން ވާދަ ކުރާނެއެވެ. ކެރަމް ވޯލްޑް ކަޕުގެ 7 މުބާރާތް މިހާތަނަށް ބާއްވާފައިވާއިރު ރާއްޖެއިން ހޯދި އެންމެ ފަޚްރުވެރި ނަތީޖާއަކީ ތިންވަނަ ހޯދުމެވެ.