ރާއްޖޭގައި ކެންސަރުބަލި ތަހަންމަލުކުރަމުން ދިޔަ ދެ ޒުވާނުން މިއަދު ނިޔާވެއްޖެއެވެ.

މި ދެޒުވާނުންވެސް ނިޔާވީ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް މާލޭގައެވެ.

ކެންސަރު ބަލީގައި މިއަދު ނިޔާވި އެއް ޒުވާނަކީ ހއ. މާރަންދޫ ފުނަމާ، ޙަސަން ޙުސެއިން އެވެ. އޭނާ ނިޔާވިއިރު އުމުރަކީ 36 އަހަރެވެ.

ކެންސަރު ބަލި ތަހައްމަލު ކުރަމުންގެންދަނިކޮށް މިއަދު ނިޔާވި ދެވަނަ މީހަކީ ސ. ފޭދޫ ޑިއަރެސްޓް ހަދީޖާ ސައީދެވެ. އޭނާގެ އުމުރަކީ 39 އަހަރެވެ.

ފަހަކަން އައިސް ރާއްޖޭގައި، ކެންސަރު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާމީހުން ވަރަށް ގިނަވެއްޖެ އެވެ. އަދި ހަމަ އެހެންމެ ގައިންގަޔަށް ނާރާ ނުރައްކާތެރި ބަލިތައް ކަމަށްވާ ކިޑްނީ ފެއިލްވުމާއި، ސްޓޮރޯކްޖެހުން އަދި ހިތް ހުއްޓުންފަދަ ބަލިތައް ޖެހޭ ޒުވާނުންގެ އަދަދުވެސް، ރާއްޖޭގައި ނިސްބަތުން ގިނައެވެ.