ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް އަށް ބުރެކި ޖެހިއްޖެއެވެ. ނިއްކީ އޭޝިއާއިން ބުނާ ގޮތުގައި ކުރިއަރަމުން އަންނަ އިގްތިސާދުތަކަށް ދޫކުރާ ގިނަ ލޯނުތައް އަނބުރާ ދެއްކުމުގައި މައްސަލަތައް ކުރިމަތި ވުމާ ގުޅިގެން ބެއިޖިންގއަށް ވަނީ ލޯނު ދިނުމުގައި ލުއި ތަކެއް އިޚުތިޔާރު ކުރަން މަޖުބޫރުވެފައެވެ.

ލަންކާގެ ދެކުނުގެ ހަމްބަންޓޯޓާ ބަނދަރަކީ މީހުންނާ އެކަހެރި ހިސާބެއްގައި އޮތް ބަނދަރެކެވެ. އެކަހެރި މިހިސާބުގައި މީހުން ބޭނުން ނުކުރާ ތާރު އަޅާފައިވާ މަގުތަކުގައި ދުއްވާ އެއްޗިއްސާއި މީހުންނެއް ނުފެނެއެވެ. އަދި މި މަޝްރޫއުން ފައިދާ ނުވުމުން ޗައިނާއަށް ދަރަނި ދެއްކޭނެ ގޮތެއް ނުވެގެން އެންމެފަހުން ދަރަނި މާފުކުރުމުގެ ބަދަލުގައި ޗައިނާއިން ވަނީ 99 އަހަރު ވަންދެން ބަނދަރު އޮޕަރޭޓް ކުރުމުގެ ހައްގު ހޯދާފައެވެ.

ޕާކިސްތާންގައި ސީޕެކްގެ މަސައްކަތްވެސް ވަނީ ހަމަ އެފަދަ ގޮތްތަކެއް ދިމާވެފައެވެ، ކެންޔާގެ ރެއިލްވޭއިން ފައިދާ ނުވުމާއި ލޯނު ނުދެއްކުމާއި ޔޫގެންޑާއަށްވެސް އެއަރޕޯޓް ބިނާ ކުރުމަށް ޗައިނާއިން ކުރި ހޭދަ ނުދެއްކުމުގެ ސބަބުން މއްސަލަތަކާ ކުރިމަތި ވެފައި ވެއެވެ.