ޅ. އޮޅުވެލިފުށީގައި 28 އަހަރު ވަންދެން ގެތަކުގެ ތެރޭ ގެދަބުޅި އަރުވަމުން ދިޔަ ޒަމާންވީ އިންޖީނުގެ ނިއްވާލައި އައު އިންޖީނުގެއެއް އެރަށުގައި ހުޅުވައ ރައްޔިތުންނަށް ޚިދުމަތް ދޭން ފަށައިފިއެވެ.

އައު އިންޖީނުގެ ހުޅުވައި ޚިދުމަތް ދޭން ފަށާފައިވަނީ މިހިނގާ ސެޕްޓެމްބަރ 19 ވަނަ ދުވަހު 14:24 އިން ފެށިގެން ކަމަށް ފެނަކައިން ވިދާޅުވިއެވެ. ފެނަކައިން ގެންދަވަނީ ރަށްރަށުގައިހުރި ޒަމާންވީ އިންޖީނުގެތައް އައުކޮށް ކުރީގެ އިންޖީނުގެތައް އުވާލަމުންނެވެ. އެ ގޮތުން މިހާތަނަށް އެތައް ރަށެއްގެ އިންޖީނުގެތައް އަލުން އިމާރާތްކޮށް ހުޅުވުމަށްފަހު ރައްޔިތުންނަށް ޚިދުމަތްދޭން ވަނީ ފަށައިފައެވެ.