ހުޅުމާލެ ފޭސް ދޭކުން ޒުވާން ފިރިހެނަކު ގެއްލިގެން ހޯދަމުންދާކަމަަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ. ގެއްލިގެން ހޯދަމުން ދަނީ މުޙައްމަދު އަޛުހާން (27އ) ކަމަށް ފުލުހުން ވިދާޅުވިއެވެ.

އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ރޭ 19:00 ކަންހާއިރުކަމަށާއި، އޭނާ އެންމެފަހުން ފެނުނުއިރު ލައިގެން ހުރީ މާޖެހި ޕީޗް ކުލައިގެ އަތްކުރު ގަމީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މުޙައްމަދު އަޛުހާނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގިލައްވާ ފަރާތެއް ވާނަމަ ހުޅުމާލެ ފޭސް ދޭއްގެ ޕޮލިސް ސްޓޭޝަން ނަންބަރު 9393351 އަށް ގުޅުއްވުމަށް ފުލުހުން އެދިވަޑައިގަންނަވައެވެ.