ލ. ގަމު ތުނޑީއަވަށުން އިއްޔެ ހަވީރު ގެއްލުނު ދުވަސްވީ މީހާ ފެނުނީ މިއަދު ހެނދުނު 6 ޖަހަން ކައިރިވެފައިވަނިކޮށްކަމަށް ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ ވިދާޅުވިއެވެ.

ލ. ގަމު ރަތްފުސްގެ ޙަދީޖާ ޢަބުދުއްރަޙުމާން ފެނުނީ ގެއްލިގެން ހޯދާތާ 12 ގަޑި އިރުވެސް ވީފަހުން އެރަށު ވަލުތެރެއިންނެވެ. އޭނާފެނުނު އިރު ހާލު ރަނގަޅުކަމުގައި ކަމުކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

ރަށުގެ ރައްޔިތުންނާއި، ޕޮލިހުން އަދި އެމްއެންޑީއެފްގެ އެހީގައި އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނުނީ މީހުންނޫޅޭ ހިސާބާ މާދުރުނޫން، ވަލުތެރޭގައި ހުންނަ ނަރުދަމާ ނިޒާމެއްގެ ޖަންކްޝަން ޕްލާންޓެއްގެ ކައިރީގައި އިންދައެވެ.

އުމުރުން 65 އަހަރަށްވުރެ މަތީ އެ އަންހެންމީހާގެ ހާލު ރަނަގަޅުކަމަށް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ. ލަފާކުރެވޭ ގޮތުގައި ގެއިން ނުކުތުމެގެން އުޅެނިކޮށް ރޭގަނޑު އަނިރިވުމުން އޭނާއަށް ގެއަށް ދާން ނޭނގުނީއެވެ.

އެ އަންހެންމީހާއަކީ ކޮންމެވެސްވަރަކަށް ސިކުނޑީގެ ބަލިކަމެއްހުންނަ، ހަނދާންނެތޭވެސް މީހެއްކަމަށް މައުލޫމާތުލިބުނެވެ.