ރ. ކިނޮޅަސް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވާ ކަމަށް އެމަސައްކަތްކުރަމުންދާ އެމްޓީސީސީން ބުނެފިއެވެ. އެކުންފުނީން ބުނެފައިވަނީ އެމަސައްކަތުގެ 60 ޕަސެންޓް މިހާތަނަށް ވަނީ ނިމިފައި ކަމަށެވެ. އޭގެ އިތުރުން ނެރު ފުންކުރުމުގެ މަސައްކަތް ވަނީ އެއްކޮށް ނިމިފައި ކަމަށް ވެސް ބުނެފައިވެއެވެ.

މިއީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން:

  • ބަނދަރު ފުންކުރުން
  • 162 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ޖެހުން
  • 285 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުން
  • 65 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން
  • 186 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށިލުން
  • ރޭމްޕެއް ހެދުން
  • 1663.36 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން
  • ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.