ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ކޯވިޑް-19އަށް ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.

ނިޔާވެފައިވަނީ ޢުމުރުން 75 އަހަރުގެ ދިވެހި ފިރިހެނެކެވެ.. މިމީހާ ނިޔާވެފައި ވަނީ، ރޭގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިއާއި އެކު މިހާތަނަށް ރާއްޖެއިން މިބަލީގައި ނިޔާވި މީހުންގެ ޢަދަދު ވަނީ 47އަށް އަރާފައެވެ. އޭގެ ތެރޭގައި ހިމެނެނީ، 39 ދިވެހިންނާއި 8 ބިދޭސީންނެވެ.

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 13000އިން މައްޗަށް އަރައިފައިވާއިރު، މިހާރުވެސް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން 95 މީހަކަށް ދަނީ ފަރުވާދެމުންނެވެ.