މިފެށޭ ހަފްތާގައި ތިލަދުންމަތީގެ ބައެއްރަށްރަށަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވާނެ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން މިޢުވާން މުހައްމަދު ވިދާޅުވެއްޖެއެވެ. މި ދަތުރުފުޅުގައި ބޮޑު ތިލަދުންމަތީގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވާނެ ކަމަށް ވެސް ސްޕޯކްސްޕާސަން ވިދާޅުވިއެވެ.

މި ދަތުރުފުޅުގައި ރައީސް ވަޑައިގަންނަވާނީ ހއ. އުތީމަށާއި، ދިއްދުއަށާއި، ހދ. ފިނޭ އަށާއި، ނައިވާދުއަށް ކަމަށް މިއުވާން ވިދާޅުވިއެވެ. ރައީސް މިދަތުރު ފުޅު ފަށްޓަވާނީ ފެށޭ ހަަފްތާގެ ހޯމަދުވަހުއެވެ. ދަތުރުފުޅު ނިންވަނީ ބުދަ ދުވަހުއެވެ.

މިދަތުރުފުޅުގައި އެރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ވެސް ރައިސް ބައްދަލުކުރައްވާނެއެވެ. އޭގެ އިތުރުން ރައްޔިތުންނާ ވެސް ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ސްޕޯކްސް ޕާސަން ވިދާޅުވިއެވެ. އަންގާރަ ދުވަހުގެ ރޭ ހއ. އުތީމުގައި ބާއްވާ މި އަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ބައިވެރިވެ ވަޑައިގްނަނަވާނެއެވެ.