އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގ ޕްރައިވެޓް ލިމިޓެޑުން ހޯދާފައިވާ ހިދުމަތަކަށް ފައިސާ ނުދައްކައިގެން، އެ ފައިސާ 7 މަސްދުވަހުގެ ތެރޭގައި ދައްކައި ހަލާސް ކުރުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ ހުކުމް ކޮށްފިއެވެ.

ސިލްވިލް ކޯޓުގެ ހުކުމް:

https://civilcourt.gov.mv/shareeai_nimunugoi_2022/2272_Cv-C_2022.pdf

ސިވިލް ކޯޓުގެ ހުކުމުގެ ހުލާސާގައި ބުނެފައި ވަނީ މިދައުވާއަކީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ފަރާތުން 23 ސެޕްޓެމްބަރު 2021 ގައި ފޮނުވާފައިވާ ޕޭޗޭސް އޯޑަރަކާއި އެއްގޮތަށް އޭޑީކޭ ޓްރޭޑް ޓްރޭޑް އެންޑް ޝިިޕިންގ ޕްރައިވެޓް ލިމިޓެޑުން ވިއްކާފައިވާ މުދަލަށް، 5 ޖަނަވަރީ 2022 ގައި ފޮނުވާފައިވާ އިންވޮއިސްއަށް ދައްކަންޖެހޭ 152،082.93 ލާރީ (އެއްލައްކަ ފަންސާސް ދެހާސް އަށްޑިހަ ދެރުފިޔާ ނުވަދިހަ ތިންލާރި) ދައްކާފައި ނުވާތީ، އެފައިސާ ހޯދުމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ މައްޗަށް އޭޑީކޭ ޓްރޭޑް ޓްރޭޑް އެންޑް ޝިިޕިންގ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދައުވާ ކުރުމުން ބެލުނު މައްސަލައެއް ކަމަށެވެ.

އެފްއޭއެމްއިން ވަނީ ކޯޓުގައި މިދައުވާއަށް އިއުތިރާފްވެފައެވެ. އަދި އެދިފައި ވަނީ 7 މަސް ދުވަހުގެ ތެރޭގައި ބަހާލައިގެން މިފައިސާ ދެއްކޭނެ ގޮތެއް ހަދައި ދިނުމަށެވެ. އެފްއޭއެމްގެ އެދުނު ގޮތަށް އޭޑީކޭއިން އެއްބަސްވުމުން ކޯޓުންް ހުކުމް ކޮށްފައިވާ 7 މަސް ތެރޭގައި ބަހާލައިގެން މިފައިސާ ދައްކައި ހަލާސް ކުރުމަށެވެ.

އޭޑީކޭއަށް ދޮޅުލައްކަ ރުފިޔާ ދައްކަން އެފްއޭއެމްގެ މައްޗަށް ކޯޓުން އިއްޔެ ހުކުމް ކުރިއިރު، ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗްކަން ފާއިތުވެދިޔަ ދެތިން އަހަރު ތެރޭގައި ކުރި ބައެއް ކޯޗުންނަށް ދޭންޖެހޭ މުސާރަ ނުދޭތީވެ، ފީފާއިން ވަނީ ކޯޗުންނަށް ދޭންޖެހޭ މުސާރަތައް ދައްކައި ހަލާސް ކުރުމަށް އެފްއޭއެމްއަށް އަންގާފައިކަން ފާހަގަ ކޮށްލެވެއެވެ.