ހުޅުމާލެއަށް ވަންނަ ނެރާ ދިމާ ފަޅުތެރޭގައި ލޯންޗަކާއި ޑިނގީއެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިރޭ 19..55 ހާކަންހާއިރު ފުލުހުންނަށް ލިބިފައިވާކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވައިފިއެވެ.

މި އެކްސިޑެންޓްގައި 4 މީހަކަށް އަނިޔާވެފައިވެއެވެ. އެ 4 މީހުންވެސް ފަރުވާ ދިނުމަށް މިހާރުވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަނިޔާވި މީހުންގެ ތެރޭގައި ހިމެނެނީ ދިވެހި 2 ފިރިހެނުންނާއި ބިދޭސީ އަންހެނަކާއި ފިރިހެނެކެވެ.

އަނިޔާވި 4 މީހުންގެ ތެރއެިން 2 މީހަކު ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާއިރު އަނެއް 2 މީހުންނަށް ފަރުވާ ދިނުމަށް ޓްރީޓޮޕް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ އިދާރާއިން މައުލޫމާތު ދެއްވިއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ބަލަމުންދާކަންތައްތައް ފުލުހުން ބަލަމުންދާކަމަށްވެސް ފުލުހުންގެ އިދާރާއިން މައުލޫމާތުދެއްވިއެވެ.